އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ލިޔާ އޮންލައިން ނޫހެއް ބްލޮކް ކުރަނީ

2 months ago

ސާއި

އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ލިޔާ އޮންލައިން ނޫހެއް ބްލޮކް ކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.


އެ ކައުންސިލުން ވިދާޅުވެފައިވަނީ ބްލޮކް ކުރަން ނިންމާފައިވަނީ "ދެންމެ" ނަމަކަށް ކިޔާ އޮންލައިން (ވެބްސައިޓް) ކަމަށެވެ.


މިއީ އެކައުންސިލުން އަމިއްލައަށް އިސްނަގައިގެނެ ބެލި މައްސަލައެއް ކަމަށާއި މިގޮތަށް ނިންމީ އެ ވެބްސައިޓުގައި އެކި ފަރާތްތަކުގެ ޒާތީކަންކަމާއި އަބުރާބެހޭފަދަ ޚަބަރުތައް ތަކުރާރުކޮށް ގެނެސްދެމުން ގެންދާތީ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަންހެނުންނަށް ނިސްބަތްކޮށް އެކަނބަލުންގެ ގަދަރުކުޑަވާ މޭރުމުން އެތައް ލިޔުމެއް ޝާއިއުކޮށްފައިވާ ކަމުގެ ޝަކުވާ ވެސް އެ ކައުންސިލަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.


އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ލިޔުންތައް ޝާއިއު ކުރަމުންދާތީ އެކަން ނުކުރުމަށް އިންޒާރުދީ ބަޔާން ވެސް ނެރެފައިވާނެ ކަމަށާއި ނަމަވެސް ތަކުރާރުކޮށް އެކަން ކުރަމުންދާތީ މިހާރު ނިންމާފައިވަނީ "ދެންމެ" ވެބްސައިޓް ބްލޮކް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާމަކުރައްވައެވެ.


އެމްއެމްސީން ވިދާޅުވީ އެ ވެބްސައިޓުގެ މައްސަލަ ފައިބެއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް އެމްއެމްސީގެ ޝަކުވާ ބަލާ ކޮމިޓީން ދިރާސާކޮށްފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓެއް ނޫން ކަމަށެވެ.


މީގެއިތުރުން އެ ވެބްސައިޓަކީ ހިންގާ ފަރާތް ނޭނގޭ ގޮތަށް ހިންގާ ވެބްސައިޓެއްކަން އެ ކައުންސިލުން ކުރި ދިރާސާއިން އެނގިފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު