7 months ago
ފާއިތުވެދިޔަ 24 ގަޑިއިރު އެންމެގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައިފިއެވެ.
އެ އިދާރާ އިން ހާމަކުރައްވާފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި ހުޅުމާލެެއަށް 63.7 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. ދެން އެންމެގިނައިން ވާރޭ ވެހުނީ އދ. މާމިގިއްޔަށެވެ. އެއީ 50.5 މިލިމީޓަރެވެ.
މީގެއިތުރުން ލ. މާވަށަށް 40.6 މިލިމީޓަރުގެ ވާރޭ، ގދ. ކާޑެއްދޫ އަށް 40.6 މިލިމީޓަރުގެ ވާރޭ އަދި ލ. ކައްދޫ އަށް 39.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ފ. ނިލަންދޫ އަށް ވަނީ 39.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި ގއ. ގެމަނަފުއްޓަށް 31.2 މިލިމީޓަރު އަދި ގދ. ތިނަދޫ އަށް 38.1 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
އެ އިދާރާ އިން ވަނީ ރާއްޖެއަށް މިހާރުކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.