ޖުލައި މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން، ލިސްޓުގެ އެންމެކުރީގަ ޗައިނާ

2 months ago

އަފްރާހް

ޖުލައި މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެއެވެ.


ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޖުލައި މަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 161،443 ފަތުރުވެރިން ވަނީ އަައިސްފައެވެ. އަދި މިއީ ފާއިތުވެދިޔަ ފަސް އަހަރު ތެރޭ ޖުލައި މަހު، ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މަސް ކަމުގައި ވެސް ވަނީ ކުރެވިފައެވެ.


ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާކިޔާއިރު، 14 އިންސައްތަ އިތުރުވުމެކެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އަދިވެސް އޮތީ ޗައިނާއެވެ. ޗައިނާއިން 157،560 ފަތުރުވެރިން އައިސްފައެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ރަޝިޔާ އިން 125،377 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 104،173 ފަތުރުވެރިންނެވެ.


މީގެއިތުރުން އިޓަލީން86،687 ފަތުރުވެރިން އައިސްފައިވާއިރު، އެގައުމު އޮތީ ހަތަރުވަނައިގައެވެ.


އެވްރޭޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،000 އެއްހާ ފަތުރުވެރިން ދަނީ އަންނަމުންނެވެ.


މިވަގުތު ރާއްޖޭގައި 182 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވެއެވެ. އަދި 14 ހޮޓަލަކާއި، 867 ގެސްޓްހައުސް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ. އަދި 152 ސަފާރީ އުޅަނދު އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު