ކަރަންޓު ބިލާއި ގުޅިގެން ހުށަހެޅޭ ޝަކުވާތައް މަދުވާން ފަށައިފި

2 months ago

އަފްރާހް

ކަރަންޓު ބިލާއި ގުޅިގެން ހުށަހެޅޭ ޝަކުވާތައް މަދުވާން ފަށައިފި ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އަބަދު ވެސް ލިބޭ ކަމަށެވެ. އެހެންނަމަވެސް މިމަހު ލިބިފައިވާ ޝަކުވާ މަދު ކަމަށެވެ.


ފަހުމީ ވަނީ ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވާ ސަބަބު ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެ ކުންފުންޏަށް ވެސް އެސަބަބު އެނގެންޖެހޭ ކަމަށެވެ.


އެހެންކަމުން ކަރަންޓު ބިލު ބޮޑުވާ ސަބަބު ދެނެގަތުމަށް، ބިލު ބޮޑުވާ ގޭބިސީތަކަށް އެ ކުންފުނިން ޒިޔާރަތްކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ބިލު ބޮޑުވާ އެޕާޓްމެންޓްތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ ހާލަތު ދެނެގަތުމަށް ނިންމާފައިވާއިރު، އެތަންތަނުގައި ބޭނުންކުރަނީ ކޮންކަހަލަ އާލަތްތަކެއްތޯ ވެސް ބަލައި، ޗެކްކުރާނެކަމަަށް އެމްޑީ ވިދާޅުވިއެވެ. އަދި ބޭނުންކުރާ އެއަރކޮންޑިޝަންތަކާއި އެޕާޓްމެންޓްގެ އިންސިއުލޭޝަން ހުރިގޮތް ވެސް ބަލާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު