އުރީދޫ އާޗާގެ ހާއްސަ ޕެކޭޖެއް، އެންމެ 929 ރުފިޔާ

2 months ago

އަފްރާހް

އުރީދޫ މޯލްޑިވްސް އިން އުރީދޫ އާޗާގެ ހާއްސަ ޕެކޭޖެއް ތައާރަފް ކޮށްފިއެވެ.


އެ ކުންފުނީގެ ސުޕަރނެޓް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ނެރުނު މި ޕެކޭޖަށް ކިޔަނީ ސުޕަރނެޓް އާޗާ 929 އެވެ. ޖުމްލަ 600 ޖީބީގެ މި ޕެކޭޖަށް މަހަކު 929 ރުފިޔާ ދައްކަންޖެހޭއިރު، މި ޕެކޭޖުން ކޮންމެ ދުވަހަކަށް 20 ޖީބީ ބޭނުން ކުރެވޭނެއެވެ.


އުރީދޫން އާޗާ ޕްރީޕެއިޑް ޕެކޭޖްތައް ތައާރަފްކޮށްފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޕެންޑަމިކްއާ ގުޅިގެން އިންޓަރނެޓް ބޭނުން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްގައެވެ. އެއީ އެ ދުވަސްވަރު އާންމު ދިރިއުޅުމުގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި އޮފީސް މަސައްކަތާއި ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދިއުމަށެވެ.


މިގެއިތުރުން އެހެނިހެން ކަންކަމުގައި އިންޓަރނެޓްގެ މުހިންމުކަން އެތައް ގުނައެއް އިތުރުވުމުން އުރީދޫން އާޗާ ޕްރިޕެއިޑް ޕްލޭން ތައާރަފް ކޮށްފައި ވަނީ، ޕްރިޕެއިޑް ބޭނުންކުރާ ފަރާތްތަކަށް ހެޔޮ އަގުގައި ގިނަ ފައިދާތަކެއް ފޯރު ކޮށްދިނުމުގެ ގޮތުންނެވެ.


އެންމެ ފުރަތަމަ އާޗާގެ ނަމުން ޑޭޓާ ޕެކޭޖެއް ތައާރަފްކޮށްފައި ވަނީ އާޗާ ޕްރީޕެއިޑްގެ ނަމުގައެވެ. މި ޕެކޭޖްތައް އޭރު ބޭނުން ކުރެވެނީ ހަމައެކި އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.


އެ ދުވަސްވަރު ތައާރަފްކުރި އާޗާ ޕްރީޕެއިޑަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. 


ކިޔުންތެރިންގެ ހިޔާލު