ބީއެމްއެލްގެ ބައެއް ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

2 months ago

އަފްރާހް

ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.


އެ ބޭންކުން ބުނީ އިންޓަރނެޓް ބޭންކިންގ އާއި ފަވާރާ މެދުވެރިކޮށް ބީއެމްއެލް އިން ދެމުން އަންނަ ޚިދުމަތްތަކުގެ ތެރެއިން ޕޭ ރޯލް އަދި ބަލްކް ކޮށް ޓްރާންސްފަރ، ވަގުތުން ޕްރޮސެސްކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.


އެހެންނަމަވެސް ބަލްކް ކޮށް އަދި ޕޭރޯލް ޕްރެސެސް ކުރަން ބޭންކްގެ payroll@bml.com.mv އީމެއިލް އަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަންނާނެ ކަމަށް ބުނެއެވެ.


މި ނިންމުން ބީއެމްއެލް އިން ނިންމާފައިވާއިރު، ބީއެމްއެލްގައި އެކައުންޓޫ ހުޅުވާފައިވާ ބައެއް މީހުންގެ އެކައުންޓަކަށް އޮޅިގެން ގިނަ އަދަދެއްގެ ފައިސާ ފޮނުވުނު މައްސަލައެއް މި އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު ވަނީ ފެންމަތިވެފައެވެ.


މިކަމާއިގުޅިގެން ބީއެމްއެލް އިން ބުނެފައިވަނީ އެއީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި ދިމާވި "ހިއުމަން އެރާ" އެއްގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު

އެމީހާ

އެމީންހުންވީމާ ހިއުމަން އެރާ އަހަރުންނަމަ އޭލިއަން އެރާ ވަރައްމޮޅޮވާހަކައެއްދޯ ނުވެސްހޯދޭ ނުވެސްލިބޭ

2 months ago