އާރްޓީއެލް ފެރީގެ ހިދުމަތް ފަރެސްމާތޮޑާއަށް

4 months ago

އަފްރާހް

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) އިން ރާއްޖޭގެ އެންމެ ދެކުނުގައިވާ 4 އަތޮޅަށް ކުރަމުންދާ ދަތުރުތަކުގައި ފަރެސްމާތޮޑާ ހިމަނައިފިއެވެ.


އެމްޓީސީސީން ވިދާޅުވީ މިއަދުން ފެށިގެން އާރުޓީއެލް ފެރީ ހިދުމަތުގައި ހިމެނޭ ޒޯން 5 (ހުވަދޫ އަތޮޅު) އަދި ޒޯން 6 (އައްޑޫ ސިޓީ/ފުވައްމުލައް ސިޓީ) ގުޅުވައިދޭ ފުވައްމުލައް - ވާދޫ ރޫޓަށް މާދަމާ އިން ފެށިގެން ފަރެސްމާތޮޑާއަށް ހުއްޓާގޮތަށް އިތުރުކޮށްފައިވާ ކަމަށެވެ.


މިއީ ކަސްޓަމަރުންގެ ހިޔާލާ މަޝްވަރާއާއި އެކު މި ޒޯންގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ގެނެވިފައިވާ ބަދަލެއްކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.


އާރްޓީއެލްގެ ހިދުމަތް ދެކުނުގެ އަތޮޅުތަކަށް ފަށާފައިވަނީ މިދޔަ 2023 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައެވެ.


ނިމިދިޔަ އެމްޑީޕީ ސަރުކާރުން، ގައުމީ ފެރީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން މަސައްކަތް ފަށާފައިވާއިރު، މިއީ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 


ކިޔުންތެރިންގެ ހިޔާލު