7 months ago
ﷲ ހަރާމްކުރައްވާފައިވާ ކަމެއް ރާވައި، ހިންގުން ބަލައެއް ނުގަނެވޭނެ ކަމުގައި ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ ޔޫތު މިނިސްޓްރީގެ ފަރާތުން ކަރޯކޭ ޗެލެންޖެއް ބާއްވަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ ރަމީޒު ވިދާޅުވީ ޒުވާނުން ވިޔަސް އަދި އެނޫން ގިންތިއަކަށް ވިޔަސް، ﷲ ހަރާމްކުރެއްވި ކަމެއް ރާވައި އިންތިޒާމު ކުރުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.
Zuvaanunnah viyas adhi enoon ginthi akah viyas, Allah haraam kurevvi kameh raavai inthizaamu kurun balayeh nuganeveyne. pic.twitter.com/UejZxWpqR6
— Ali Rameez (@aliramyz) May 18, 2024
ޢަލީ ރަމީޒަކީ އިސްލާމް ދީނާއި ޚިލާފު މިފަދަ ކަންކަމުގައި އަބަދު ވެސް ފާޅުކަން ބޮޑުގޮތެއްގައި ޝުއޫރު ފާޅުކުރައްވާ ފަރާތެކެވެ.
އެގޮތުން މިއަހަރުގެ އައު އަހަރު ފެށުމުގެ ގޮތުން ވެސް މިއުޒިކީ ހަރަކާތެއް ބޭއްވުމަށް ޔޫތް މިނިސްޓްރީން ނިންމެވުމާއެކު، އޭނާ ވަނީ އެކަމާއިގުޅޭ ގޮތުން ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި އޭގެ ނަތީޖާ އަކީ އެ ޝޯވ ކެންސަލް ކުރުމެވެ.
ޢަލީ ރަމީޒުގެ އިތުރުން ދީނީ ބައެއް އެހެން ޢިލްމުވެރިން ވެސް ގެންދަވަނީ ޔޫތް މިނިސްޓްރީން ބޭއްވުމަށް ނިންމާފައިވާ ކަރޯކޭ ޗެލެންޖާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.