ދިވެހިވަންތަކަން ހިމާޔަތް ކުރެވޭނީ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން: ރައީސް

5 months ago

އަފްރާހް

ދިވެހިވަންތަކަން ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ޑރ. މުއިއްޒުގެ ސަރުކާރުން އަންނަނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން، ހިންގެވުމަށް ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒެއް ވަނީ އުފައްދަވާފައެވެ.


މިއީ "ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު" ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށް އުފެއްދެވި އިދާރާއެވެ. އަދި ގަައުމީ ރޫޙު އާލާކޮށް، އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމަކީ މި އިދާރާގެ ބޭނުމެކެވެ.


މި އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި ރާއްޖެއާއި ދިވެހި ޤައުމިއްޔަތާއި ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި ރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު