އެމްއެމްއޭ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް

2 months ago

އަފްރާހް

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.


މިއީ އެ އިދާރާ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމުގެ ބޭނުމުގައި ގެނައި ބަދަލުތަކެކެވެ.


އެގޮތުން މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައި ފަސް ބޭފުޅުން ކަނޑައަޅަން އެމްއެމްއޭގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. އަދި އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.


މީގެއިތުރުން މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމަށް ނިންމާފައިވާއިރު، އެ އިދާރާގެ މުވައްޒަފުންނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވެއެވެ. އަދި އެމްޑީގެ މަގާމުގައި ތިބެވޭނީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށް ކަމަށް ވެސް ނިންމާފައި ވެއެވެ.


އެމްއެމްއޭ ބޯޑުން ވަނީ މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓު ވެސް ކޮށްފައެވެ.


މަރުކަޒީ ބޭންކުގެ ހިންގުމުގެ އުސޫލުތައް ހަރުދަނާކޮށް، މި ބަދަލުތައް ގެންނަން ނިންމެވީ އެމްއެމްއޭގެ ބޯޑުގެ މަޝްވަރާގެ މަތިން އައު ގަވަރުނަރެވެ. 


ކިޔުންތެރިންގެ ހިޔާލު