މިދުވަސްވަރު ރޭގަނޑު ކަނޑުދަތުރުކުރުން ރައްކާތެރިއެއް ނޫން

5 months ago

އަފްރާހް

މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ، މިދުވަސްވަރު ރޭގަނޑު ކަނޑުދަތުރުކުރުން ރައްކާތެރިއެއް ނޫން ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން މިފަދައިން ހާމަކުރައްވާފައި މިވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖެެއަށް މޫސުން ގޯސްވެ، އެކި ސަރަހައްދުތަަކަށް ތަފާތު ސަމާލުތައް ނެރެމުންދާ ދުވަސްވަރެއްގައެވެ.


ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.


އެހެންވެ، އެމްއެންޑީއެފް އިން ވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިލައްވައެވެ.


މީގެއިތުރުން ރޭގަނޑު ދަތުރުނުކުރުމަށާއި މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެން ދަތުުރު ފަސްކޮށްލުމަށް ވެސް އިލްތިމާސް ކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު