މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ޝައުގުވެރިކަން 26 ރަށަކުން

5 months ago

އަފްރާހް

މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް 26 ޕްރޮޕޯސަލެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާ އަށް ހުށަހަޅައިފިއެވެ.


އެ ވުޒާރާ އިން ވަނީ މިއަހަރުގެ އަޟްހާ އީީދު ރާއްޖޭގެ ތިން ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމާފައެވެ.


އެކަމަަށް ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުވައިލި ފުރުސަތު ހަމަވީ މި މަހުގެ 17 ވަނަ ދުވަހަށެވެ. އެ ވުޒާރާ އިން ވިދާޅުވީ މިހާރު ކުރިއަށްދަނީ ޕްރޮޕޯސަލް ހުސާހެޅި ރަށްރަށުގެ ތެރެއިން އީދު ފާހަގަކުރާނެ ތިން ރަށް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.


އެ ވުޒާރާ އިން ހާމަކުރައްވާފައިވާގޮތުގައި އީދު ފާހަގަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އުތުރުން 7 ރަށުންނާއި މެދުރާއްޖެ ތެރެއިން 10 ރަށާއި ދެކުނުން 9 ރަށެވެ. އީދު ފާހަގަކުރާނެ ރަށްރަށް ކަނޑައެޅުމުގައި ބަލާނީ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި އެކަމަށް ހިނގާނެ ޚަރަދުތަކާއި އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ކަމަށް އެ ވުޒާރާ އިން ވިދާޅުވެއެވެ.


މިއަހަރުގެ އަޟްޙާ އީދު ދުވަހަކީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު