ބީއެމްއެލްގެ އޮންލައިން ހިދުމަަތަށް އަނެއްކާވެސް ބުރޫ އަރައިފި

2 months ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޮންލައިން ހިދުމަތްތަަކަށް އަނެއްކާވެސް ބުރޫ އަރައިފިއެވެ.


އެ ބޭންކުން 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މޮބައިލް ބޭންކިންގ އެޕްލިކޭޝަނަށާއި އިންޓަރނެޓް ބޭންކިންގ ހިދުމަަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ޓެކްނީޝަނުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.


މީގެއިތުރުން މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަަކަށް ވަނީ މައާފަށް އެދިފައެވެ.


 


ބީއެމްއެލްގެ ހިދުމަތްތަކަށް މި ފަހަކަށް އައިސް ވަރަށް ގިނައިން ބުރޫ އަރަމުން އަންނައިރު، ދާދިފަހުން ވެސް ވަނީ ބައެއް މީހުންގެ އެކައުންޓަށް ގިނަ އަދެއްގެ ފައިސާ އާއި ޑޮލަރު ވެސް ޖަމާކުރެވިފައެވެ. މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނެފައިވަނީ އެއީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި ދިމާވި ހިއުމަން އެރޯއެއްގެ ސަބަބުން ދިމާބި ކަމެއް ކަމުގައެވެ. އަދި އެފައިސާ ޖަމާކުރެވުނު އެކައުންޓުތައް ދެނެގަނެ، އެ ފައިސާ އަނބުރާ ނަގާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.


ބީއެމްއެލްގެ ހިދުމަތްތަކަށް މިގޮތަށް ބުރޫ އަރަމުން އަންނާތީ، ގިނަބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު