ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ދަނީ ކުރިއަށް

2 months ago

އަފްރާހް

ނ. ވެލިދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް އެމްޓީސީސީން ހާމަކުރައްވައިފިއެވެ.


އެ ކުންފުނިން މީޑިއާ އަށް ހާކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު، ވެލިދޫ ޖޫނިއަރ ކޮލެޖު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ފާރުގެ މޭސަނަރީ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އެތެރެ ފާރުގެ މޭސަނަރީ މަސައްކަތްތައް ކަމަށް ވިދާޅުވެއެވެ.


މި މަޝްރޫއުގެ ދަށުން، 10,276 އަަކަ ފޫޓުގެ އެއްފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް ހިމެނޭއިރު، މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމް ހުރެއެވެ. އަދި އައިސީޓީ ލެބަކާއި ލައިބްރަރީއެއް ވެސް ހުންނާނެއެވެ.


މީގެއިތުރުން 2 ވޯރކްޝޮޕް އެޅުމުގެ މަސައްކަތް ހިމެނޭއިރު، މިއީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު