ސީ ޓު އެއަރ ކާގޯ އިން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި

5 months ago

ސާއި

ސީ ޓު އެއަރ ކާގޯ އިން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފިއެވެ.


މި ހިދުމަތް ފަށާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ބައިނަލްއަގްވާމީ އެއަރލައިންތަކާ ގުޅިގެންނެވެ.


ޓަރކިޝް އެއަރލައިނުން މި ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވާއިރު، އެކަމުގެ ފަހުމުނާމައިގާ ޓަރކިޝް އެއާލައިނާއެކު ސޮއިކުރީ މިދިޔަ މާރޗު މަހުގެ 28 ވަނަ ދުވަހުއެވެ.


ރާއްޖެ މެދުވެރިކޮށް އެއްގައުމުން އަނެއް ގައުމަށް މުދާ ގެންދިއުމަށް މި ހިދުމަތް ބޭނުންކުރާއިރު، ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމަށްފަހު، ވައިގެމަގުން ކަނޑައެޅިފައިވާ މަންޒިލަށް މުދާ ފޮނުވާނެއެވެ.


މީގެކުރިން ޓަރކިޝް އެއަރލައިނުން މި ހިދުމަތް ހޯދަމުން އައީ ލަންކާ މަގުންނަމަވެސް މުދާ އުފުލުމަށް އޮތް ޑިމާންޑަށް ބަލާއިރު، ލަންކާއަށް ކޭޓަރ ނުކުރެވޭތީ މި ހިދުމަތް ހޯދުމަށް އިތުރު މަންޒިލެއްގެ ގޮތުގައި އެ އެއަރލައިނުން ވަނީ ރާއްޖެ ޚިޔާރުކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު