މަތީ ތައުލީމުގެ ކޯސްތަކަށް ވަނުމުގެކުރިން އެމްކިއުއޭ ހުއްދަ ކުރޭތޯ ބަލާ!

2 months ago

އަފްރާހް

މަތީ ތައުލީމުގެ ކޯސްތަކަށް ވަނުމުގެކުރިން އެމްކިއުއޭ ހުއްދަ ކުރޭތޯ ބެލުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސް ކުރައްްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ މި ދުވަސްވަރު މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން އަންނަނީ އެކި ކަހަލަ ޕްރޮގްރާމްތައް ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކުރިން ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަަމަށެވެ.


އެ ގޮތުން އެ މަރުކަޒަކުން ހިންގާ ޕްރޮގްރާމަކީ އެމްކިއުއޭ އިން ހުއްދދީފައިވާ ޕްރޮގްރާމެއްތޯ ބެލުމަށް އިލްތިމާސް ކުރައްވައި، ވަނީ އެ އޮތޯރިޓީގެ ވެބް ސައިޓުގައި ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ލިސްޓެއް އޮންނާނެކަން ހަނދާންކޮށްދެއްވާފައެވެ.


• ކޮލިފިކޭޝަން ރަޖިސްޓާ އިންޓްރޮޑަކްޝަން

• ހުއްދަ ދީފައިވާ އިންސްޓިޓިއުޝަންތައް


އެމްކިއުއޭ އިން ވިދާލުވީ މި ދެ ލިންކުން މައުލޫމާތު ބަލައި، ސާފު ކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު