7 ތަނެއް ބަލައި، އިތުރު 4 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

2 months ago

އަފްރާހް

7 ތަނެއް ބަލައި، 4 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިއީ ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ކޮފީ ޓޭކްއަވޭ ފިހާރަތަކަށް ހާއްސަކޮށް ހިންގި ރެއިޑެއްގައި ބަލައި، ފާސްކުރި ތަންތަން ކަމަށެވެ. އަދި މި ރެއިޑް ހިންގާފައިވަނީ އޮގަސްޓު 6 ވަނަ ދުވަހު ކަމަށެވެ.


މީގެއިތުރުން މި ތަންތަން ބަލައި، ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 4 ބިދޭސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" މިިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އިފްތިތާހު ކޮށްފައިވާއިރު، މި ޕްލެޓްފޯމަށް ލިބޭ މައުލޫމާތާ ގުޅިގެން ގިނަ ތަންތަން މިހައިތަނަށް ވަނީ ބަލައި ފާސްކޮށްފައެވެ.


ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު