ކަޝްމީރު ދުވަސް ފާހަގަކުރުމަށް ހާއްސަ ހަފުލާއެއް

2 months ago

އަފްރާހް

ކަޝްމީރު ދުވަސް ފާހަގަކުރުމަށް ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.


ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ބޭއްވި މި ހަފުލާގައި ރާއްޖޭގައި އުޅޭ އެގައުމުގެ ބައެއް މީހުންނާއި އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވިއެވެ.


މި ހަފުލާގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް ރިޓެއަރޑް މުހައްމަދު ފައްޔާޒު ގިލާނީ ވިދާޅުވީ މިއީ އެންމެދުވަހަކުން ހަނދާން އައުކޮށްލައިގެން ނިންމައިލެވޭނެ ދުވަހެއް ނޫން ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ކަޝްމީރުގެ ވާހަކަ އެންމެރަނގަޅުގޮތުގައި ފޯރުކޮށްދިނުމަކީ ބޭނުންވާގޮތް ކަމުގައެވެ.


އެގޮތުން ކަޝްމީރު މިނިވަން ކުރުމަށް ނުވަތަ ޕާކިސްތާނުގެ ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރަމުންދާ އަދި މީގެކުރިން އެކަމުގައި އުޅެފައިވާ ފަރާތްތަކުގެ ހަނދާންތައް އައުކުރެއްވިއެވެ. އެފަރާތްތަކުން އެކުރަނީ އަދި ކޮށްފައިވަނީ ވެސް ގައުމިީ ކަމެއް ކަމުގައި ވިދާޅުވިއެވެ.


ސަފީރު އިތުރަށް ވިދާޅުވީ ޕާކިސްތާނުގެ ރައްޔިތުން އެންމެބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ ވެސް، ހުވަފެނަކީ ވެސް އަދި އުއްމީދަކީ ވެސް ކަޝްމީރަކީ އެގައުމުގެ ތަނެއްގެ ގޮތުގައިވާ ދުވަސް ކަމުގައެވެ. އަދި އެކަން ހާސިލުކުރުމަށް އެންމެފަހުވަގުތާއި ޖެހެންދެން ވެސް މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގެ ޑިޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަހްމަދު ވެސް ބައިވެރިވެވަޑައގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު