ބައެއް ސަރަހައްދަށް ހުދު ސަމާލު – އެންމެ ގިނައި ވާރޭ ވެހުނީ ހުޅުލެއަށް

2 months ago

އަފްރާހް

ފާއިތުވި 24 ގަޑިއިރު އެންމެގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައފިއެވެ.


އެ އިދާރާ އިން އާންމުކުރެއްވި ރިޕޯޓަށް ބަލާއިރު، 7 އޮގަސްޓުގެ ހެނދުނު 8 ން 8 އޮގަސްޓުގެ ހެނދުނު އަށެއް ޖެހުމާއި ހަމައަށް ހުޅުލެއަށް 118.3 މިިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެެވެ. އަދި އއ. ތޮއްޑޫއަށް 101.8 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުމާލެއަށް 85.8 އަދި މާލެއަށް 85 މިލިމީޓަރުގެ ވާރޭ ވެހިފައިޗާ ކަމަށް ދައްކައެވެ.


މީގެއިތުރުން ލ. އަތޮޅުން ފެށިގެން އައްޑު ސިޓީ އަށް މިހާރުވަނީ ހުދު ސަމާލު ނެރެފައެވެ. މެޓުން ވިދާޅުވީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.


މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ނެރެފައިވާ މޫސުމީ ބްލެޓިންގައިވާ ގޮތުން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް އާދައުގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެތީ، މޫސުމަށް ސަމާލުވުމަށް ވަނީ އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު