މާފުށި ގޮނޑުދޮށުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

5 months ago

އަފްރާހް

ކ. މާފުށި ގޮނޑުދޮށުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ އެރަށު ގޮނޑުދޮށުގައި އެހެލައިފައި އޮތް ލޯންޗެއްގައި ކަމަށެވެ. އަދި ލޯންޗުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މި އަލިފާން ނިއްވާލާފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން މި ލޯންޗުގައި ރޯވިކަމުގެ މައުލޫމާތު މޭ 18 ވަނަ ދުވަހުގެ މެންދުރު 12:34 ހާއިރު ކަމަށާއި އެ މައުލޫމާތު އެރަށު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައިވާ ކަމުގައި ވިދާޅުވެއެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 12:46 ހާއިރު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، އެ ލޯންޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފް އިން އަދިހާމައެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު