ރާއްޖޭގެ ފަތުރުވެރިކަމަށް އިންޑިއާ މުހިންމު، އެގައުމަށް އަމާޒުކޮށްގެން ހާއްސަ ކެމްޕޭނެއް

2 months ago

އަފްރާހް

ރާއްޖޭގެ ފަތުރުވެރިކަމުގައި އަވަށްޓެރި އިންޑިއާ އަކީ ވަރަށް މުހިންމު ގައުމެއް ކަމަށާއި އެގައުމަށް އަމާޒުކޮށްގެން ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވި އެ ކޯޕަރޭޝަނުން އޮގަސްޓް 8 ވީ ބްރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިންގެ ލިސްޓުގެ އެންމެކުރީގައި މީގެކުރިން އޮތް އިންޑިއާ މިވަގުތު އޮތީ ލިސްޓުގެ ހަވަނައިގާ ކަމަށެވެ. އެކަމަކު މިއީ ބަލަން ބޭނުންވާ ތަނެއް ނޫން ކަމަށެވެ.

"އންޑިއާ އަކީ އަޅުގަނޑުމެންނާ އެންމެ ކައިރި ގައުމަށް ވެފަ، އޮފް ސީޒަންގައި ފިލިން ބައި ފުލްފިލް ކުރެވޭ މާކެޓަކަށް އެގައުމުގެ ފަތުރުވެރިންވާނެ." ޝިއުރީ ވިދާޅުވިއެވެ.

އެމްއެމްީއާރްސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވީ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިން ވަނައަށް އިންޑިއާ ގެނައުން ކަމަށެވެ. އަދި މިފަހުން އިންޑިއާގައި ކުރިއަށް ގެންދިޔަ "ވެލްކަމް އިންޑިއާ ރޯޑް ޝޯ" ގެ ސަބަބުން އެކަން ހާސިލުވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މި ރޯޑް ޝޯވ ގައި އައު ޓްރެވަލް އެޖެންޓުންނާއި ރާއްޖެއަށް ފަތުރުވެރިން ގެނައުން ހުއްޓާލާފައި ތިބި ޓްރެވަލް އެޖެންޓުންނާއި ވާހަކަ ދައްކައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެކަމުން ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު