ހައުސިންގ މިނިސްޓަރަށް ފިލައިގެން ނޫޅެވޭނެ، ހޫނުގޮނޑިއަށް ލާނަން: ނާޒިލް

2 months ago

އަފްރާހް

ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަހްމަދު އާއި ކުރާ ސުވާލުގެ ޖަވާބު ދެއްވަން ޖެހޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމުގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.


ނާޒިލް މިފަދައިން ވިދާޅުވެފައި މިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ސުވާލުތަަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރ ވަޑައިނުގެންނެވި މައްސަލަ ފެންމަތުވެފައިވަނިކޮށްނެވެ. 


އޮގަސްޓް 7 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ހައުސިންގ މިނިސްޓަރު ހައިދަރު ފިލައިފި ކަމަށެވެ. އަދި އެނގިފައިވާގޮތުގައި އެންމެފަހަރަކުން ގޮވާލިޔަސް މިިސްޓަރު ވަޑައިނުގަންނަވާނެކަމަށް މައުލޫމާތު ލިބޭ ކަަމަށް ވެސް ވިދާޅުވިއެވެ.


މިއީ މާލޭގައި ދިރުއުޅޭ ހުރިހާ ރައްޔިތުން ވެސް ވަރަށް ކަންބޮޑުވާ ވާހަކައެއް ކަމަށާއި ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާލެއިން ދޫކޮށްފައި ހުރި ގޯތިތައް ގެއްލިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެވީތަނެއް ނޭނގޭ ކަމަށާއި ހަވާލެއް ވެސް ނުކުރެވުނުކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ހައުސިންގ ފްލެޓުތައް ވެސް ވީތަނެއް ނޭނގޭ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.


"އެބޭފުޅުން ވިދާޅުވަނީ އެއީ ވޯޓަށޭ. ހަގީގަތަކީ ވޯޓަކަށް އެވަރުގެކަމެއް ނުކުރެވޭނެ. އެވަރުކަމެއްގެ އިއުލާންތަކެއް ކުރެވިގެން، ތަރުތީބުވެގެން އަންނައިރު، ދޮޅުއަހަރެއްހާ ދުވަސް އެބަނަގާ. ފުރަތަމަ މަރުހަލާގަ ވެސް ބާވީސް ހާސް ހަތާވީސް ހާސް ފޯމު ބަލާ ރިވިއުކުރަން އެބަޖެހޭ." ނާޒިލް ވިދާޅުވިއެވެ.


ނާޒިލް އިތުރަށް ވިދާޅުވީ އެއަށް ޝަރުތުހަމަވާ މީހުންނާ، ނުވާ މީހުން ބަލާ، އިއުލާނުކޮށް އަލުން ފުރުސަތު ދޭން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.


ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިލް އިތުރަށް ވިދާޅުވީ ހަގީގަތުގައި ވެސް ހައިދަރު ފިލައިފި ކަމަށާއި އަދިނުފެންނަކަމަށެވެ. ނަމަވެސް އަދިފެންނާނެ ކަމަށާއި ފެނުނީމައި އެ ސުވާލު ރަސްމީކޮށް ކުރާނެ ކަމަށް ވިދާޅުވިއެވެ.


ހަމަމިއާއެކު ހައުސިންގ ކޮމެޓީއެއް ވެސް އުފެދިއްޖެކަން ފާހަގަކުރައްވާ، އެ ކޮމެޓީގައި އޭނާ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހައިދަރަކަށް ފަސޭހައެއް ނުވާނެކަމަށާއި ކޮމެޓީ އަށް ގެންނާނެކަމަށާއި އިންނަން ޖެހޭނީ ހޫނު ގޮނޑީގައި ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ.


ނާޒިލް ވިދާޅުވީ ހައިދަރުއާ ކުރާ ސުވާލުގެ ޖަވާބު ދެއްވަންޖެހޭނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ. އެހިސާބަށް އެކަން ގެންދަވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު

އަހްމަދް ރަސީދު

އޭނާ އަކީ ދެވަނަ މުއިއްޒު. ކިބުރު ވެރިއެއް

2 months ago

ރަޝީދާ ފޭދޫ

ނާޒިލު ކިލޭތީ ކިހާފެންވަރެއްގެ ކާކު ބަލަ ތި ލާދީނީ ވަގުންނައް ދޭންޖެހޭ ޖަވާބު ވަރައް ސާފު އެއީ އުމުރުދުވަހު ޖަލު ހުކުމް ގައުމައް ގައްދާރުވީ ހާއިނުންނައް ދޭންޖެހޭ ޖަވާބު އެއީ

2 months ago