ޑރ. ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

2 months ago

އަފްރާހް

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.


މިއީ ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މިއީ މި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކުރައްވާ ދަތުރުފުޅެއް ކަަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.


މިދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވައި، ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.


މީގެއިތުރުން ފޮރިން މިނިސްޓްރީން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް ވެސް ނިންމާފައި ވެއެވެ. އަދި އެކި ދާއިރާތަކުން ގާބިލިއްޔަތުކަން އިތުރުކުރުމަށް ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ސޮއި ކުރުމަށް ނިންމާފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


މީގެކުރިން ވެސް ރާއްޖެއަށް ވަޑައިގެންފައިވާ ޑރ. ސުބްރަމާނިއަމް ޖައިޝަންކަންކަރު، މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ މަގާމަށް ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު