ނޯތު ހާބަރު ތަރައްގީކޮށް، ބޯޓުފަހަރުން ފީ ނަގަނީ

2 months ago

އަފްރާހް

މާލޭގެ ނޯތު ހާބަރު ތަރައްގީކޮށް، އެތަނުގައި އަޅާ ބޯޓުފަހަރުން ފީ ނެގުމާއިމެދު މަޝްވަރާ ކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.


މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ނޯތު ހާބަރުގައި އަޅާ ބޯޓުފަހަރުތަކުން ފީ ނެގުމުގެ މަސައްކަތް ފަށަނީ އެތަން ތޮށްޖެހުމާއި ހަމަހަމަ ގޮތެއްގައި އެތަނުން ޖާގަ ދިނުމަށް ކަމަށެވެ.


މި މަސައްކަތުގެ މާސްޓަރ ޕްލޭނާއި ފީ އެއް ނެގުމާއި މެދު ގޮތެއް ނިންމުމުގެ ކުރިން އެ މަރުހަލާތައް އެންމެ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ކަންކަން ދެނެގަތުމަށް އެ ކައުންސިލުގެ ޓްރެފިކް ކޮމިޓީއަށް މައްސަލަ ފޮނުވަން މިއަދު ވަނީ ނިންމާފައެވެ.


މި މައްސަލައާ ބެހޭގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ގާތްގަޑަަށް 60 ބޯޓު ފަހަރުގެ ވެރިންނާއި ބައްދަލުކޮށް އެމީހުންގެ ޝަކުވާތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ބައެއް ބޯޓު ފަހަރަށް ލިބޭ ޖާގަ އާއި ސަރަހައްދު މާ ބޮޑުވުމާއި ގިނަ ދުވަސްތަކެއް ވަންދެން ނޯތު ހާބަރުގައި ހުރަހަށް ބޯޓު ބޭއްވުމާއި ގުޅިގެން އެހެން ބޯޓުތައް ޖާގަ ނުލިބުން ހިމެނޭކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ މިކަމަކީ ވަރަށް ދުވަސް ވަންދެން ބޭކާރު ކޮށްލާފައި އޮތް މައްސަލައެއްކަމާއި މިކަމުގެ ހައްލަކީ މުޅި ނޯތު ހާބަރު ޒަމާނީ ކުރުންކަމަށް ވިދާޅުވެފައެވެ.


އެގޮތުން ނޯތު ހާބަރު ބަލަހައްޓަން ވާނީ އެންމެ ޒަމާނީކޮށްގެން ކަމަށާއި ބަނދަރުކުރާ ބޯޓުފަހަރު ވަކި މުއްދަތެއްގެ ތެރޭގައި ނުނަގާނަމަ، ފިޔަވަޅުު އަޅަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު

ޒިޔާދު

ކުރިންވެސް ނަަގަމުން އަންނަފީ ދެންވެސް ނަގާނީ އޮޅުވާލަން ތިޔަކުރަނީ ކޮންމަސައްކަތެއް

2 months ago

Ismailali thojjahune kudavanee

Thojjahune kudavanee feenageematho

2 months ago