މިއީ ޒުވާނުން ނުކުމެ ޓޫރިޒަމަށް އިންވެސްޓް ކުރަންވީ ވަގުތު: މިނިސްޓަރ ފައިސަލް

2 months ago

އަފްރާހް

މިއީ ޒުވާނުން ނުކުމެ ޓޫރިޒަމަށް އިންވެސްޓް ކުރަންވީ ވަގުތު ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.


އޮގަސްޓް 8 ވީ ބްރާސްފަތި ދުވަހު، އެމްއެމްޕީއާރްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޓޫރިޒަމް ޕްރޮޑޮކްޓްތަކެއް އިންޓްރޮޑިއުސްކޮށް ރަނގަޅު އިންސްޓްރެސްޓް ރޭޓްތަކެއްގައި ގެސްޓްހައުސް/ހޮޓެލް އަޅަން ލޯނުތަކެއް ދިނުމާއިގުޅޭގޮތުން ރާއްޖޭގެ ދެ ބޭންކަކާއި ވާހަކަދައްކަމުން އަންނަކަމަށެވެ.


އެގޮތުން ބީއެމްއެލްއާއި އެމްއައިބީއާއެކު މަޝްވަރާކުރަމުން އަންނަކަން ފާހަގަކުރައްވައި، މިނިސްޓަރ ވަނީ އެ ލޯނުތަކަށް މި އަހަރު ހުޅުވާލެވޭނެ ކަމަށް އުންމީދުކުރައްވާކަން ވެސް ހާމަކުރައްވާފައެވެ. އަދި އެކަމަށް ވަރަށްބޮޑަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މި މާސްޓަރ ޕްލޭން ނިމޭއިރު، އަތޮޅަކަށް އެންމެ ގިނައިން ބޭނުންވާ ގެސްޓްހައުސް އެނދުގެ އަދަދު ވެސް އެނގިގެން ދާނެ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު