ރާއްޖެއިން ބޭރުގައި ބާއްވާ ތިން ފެއަރއެއްގައި ބައިވެރިވުމުގެ ފުރުސަތު

5 months ago

ސާއި

ރާއްޖެއިން ބޭރުގައި ބާއްވާ ތިން ފެއަރއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.


މިއީ މަޓާޓޯއާއި އެމްއެމްޕީއާރް.ސީ އިން ރާއްޖެ ތަމްސީލް ކުރާ ފެއަރތަކެކެވެ.


އިރުމަތީ ދެކުނު އޭޝިއާގެ ފަތުރުވެރިންގެ މާރކެޓަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާރތަކަކީ ޓްރެވަލް މީޓް އޭޝިއާ، ޕަޓާ ޓްރެވަލް މާރޓް އަދި އައިޓީއީ އެޗްސީއެމްސީއެވެ. މިއީ އެއް ވިޔަފާރި އާއި އަނެއް ވިޔަފާރި އާއި ގުޅުވައިދޭ ފެއާރތަކެއް ކަމުގައި އެ ކުންފުނިތަކުން ވިދާޅުވެއެވެ.


މަޓާޓޯ އަދި އެމްއެމްޕީއާރްސީން ވިދާޅުވީ ޓްރެވަލް މީޓް އޭޝިއާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 3 އިން 4 ޖުލައި އަށް އިންޑޮނޭޝިއާގައި ކަަމަށެވެ. އަދި ޕަޓާ ޓްރެވަލް މާރޓް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޯގަސްޓް 27 އިން 29 އޯގަސްޓް އަށް ތައިލެންޑްގެ ބެންގްކޮކްގައި ކަމަށެވެ.


މީގެއިތުރުން އައިޓީއީ އެޗްސީއެމްސީ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 5 އިން 7 އަށް ވިއެޓްނާމްގެ ހޯ ޗީ މިންހް ސިޓީގައި ކަމަށް ވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު