ތުޅާދޫ ސްކޫލުގެ ގާރލްގައިޑުންނަށް ފަޔަރ ސޭފްޓީ އަވައެނަރސް ޕްރޮގްރާމެއް

2 months ago

އަފްރާހް

ބ. ތުޅާދޫ ސްކޫލުގެ ގާރލްގައިޑުންނަށް ފަޔަރ ސޭފްޓީ އަވައެނަރސް ޕްރޮގްރާމެއް ހިންގައިފިއެވެ.


މިއީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.


އޮގަސްޓް 8 ވީ ބްރާސްފަތި ދުވަހު މި ސެޝަން ކުރިއަށް ބާއްވާފައިވަނީ ތުޅާދޫ ސްކޫލުގައެވެ. އަދި މި ސެޝަންގައި 34 ގާލްގައިޑް ދަރިވަރުން ބައިވެރިވިއެވެ.


މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި އަލިފާން ފެތުރޭ ގޮތްތައް ހިމެނެއެވެ. އަދި އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތު ވެސް ހިމެނެއެވެ.


މީގެއިތުރުން އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މައުލޫމާތުތައް ވެސް ވަނީ ކިޔަވައިދީފައެވެ.


މި ސެޝަންގައި ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނެވެ. 


އެމްއެންޑީއެފް އިން ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ޕްރޮގްރާމުތައް ހިންގަމުންނެވެ. އޭގެތެރޭގައި ސްކޫލު / މަދުރަސާތަކުގެ ދަރިވަރުންނާއި ބެލެނިވެރިން، ކްލަބު ޖަމިއްޔާތައް އަދި ގޭބިސީތަކުގައި ދިރިއުޅޭ ފަރާތްތައް ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު