4 months ago
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އދ. މާމިގިއްޔަށް ވަޑައިގެންފިއެވެ.
އަބްދުއްރަހީމް އެރަށަށް ވަޑައިގަތުމުން، ގާސިމް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިއުއްވާފައެވެ. އަދި މާމިގިލީ އެއަރޕޯޓްގެ ވެރިންނާ ޖޭޕީގެ މާމިގިލީ މެމްބަރުން ވެސް އަބްދުއްރަހީމަށް މަރުހަބާ ކިޔުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ދެ ދެބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް އެއއްވެސް ފަރާތަކުން އަދިހާމައެއް ނުކުރައްވައެވެ.
ގާސިމް އިބްރާހިމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވެސް މީގެކުރީން ބައްދަލު ކުރައްވާފައި ވެއެވެ.
މީގެއިތުރުން ދަ ޑިމޮކްރަޓްސް ޕާޓީން ވެސް ރައީސް ޑރ. މުއިއްޒު އާ ބައްދަލުކުރައްވާފައި ވެއެވެ. މި ބައްދަލުކުރެއްވުމުގައި ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް އިއުލާނުކުރައްވާފައި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރައްވާފައެވެ. އަދި އެ މަސައްކަތުގައި ޑިމޮކްރެޓްސްއިން ވީހާ ވެސް ބޮޑަށް ބައިވެރިވާން ބޭނުންވާ ކަމަށް ވެސް ރައީސް އަށް ދަންނަވާފައި ވެއެވެ.
އަލިބެ ހުޅުމާލެ
ގާސިމް ތިޔަ އުޅެނީ ފަޅެއް ނޫނީ ބިމެއް ނަމަވެސް ދަމައިގަންނާށެވެ. ތިޔަވަރުގެ ހިޔަޅެއް ނުދެކެމެވެ.
4 months ago
އަލީ
ޤާސިމަކީ މީހެއް ނޫން.....އުމަރު ނަޞީރު ވެސް މާރަނގަޅު. އެކަން އެނގެނީ ވޯޓުން.
4 months ago