ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް!

2 months ago

އަފްރާހް

މި ހިނގާ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް، މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ ބޮޑުބަޔަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެއެވެ. އަދި ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާއިރު، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.


އެހެންކަމުން މޫސުމަށް ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކަނޑުދަތުރަކަށް ފެށުމުގެކުރިން މޫސުމާއިގުޅޭ އަދާހަމަ، ބެލުމަށް ވެސް އިލްތިމާސް ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު