މިއަދު ވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެ، އުދަ އެރުން ވެސް އެކަށީގެންވޭ

5 months ago

އަފްރާހް

މިއަދު ވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ނެރުއްވާފައިވާ މޫސުމީ ބްލެޓިންގ ގައި ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.


މީގެއިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލުގެ ބާރުމިނުގައި ވައިޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރައްވާފައި ވެއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ ރާއްޖޭ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ހަ ފޫޓާއި 9 ފޫޓާއި ދެމެދުގައި ކަމަށް ވެސް ލަފާކުރައްވާފައެވެ.


އެ އިދާރާ އިން އިތުރަށް ވަނީ ބޯކޮށް ވާރޭ ވެހި، ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދައަރާފާނެތީ ހުރިހައި ފަރާތްތަކުން ވެސް ސަމާލުވުމަށް އެދިލައްވާފައެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިލައްވައެވެ.


ކިޔުންތެރިންގެ ހިޔާލު