ޖައިޝަންކަރު މިހާރު ހުންނެވީ ރާއްޖޭގަ

2 months ago

އަފްރާހް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފިއެވެ.


އެމަނިކުފާނު މިއަދު ހަވީރު، ރާއްޖެ ވަޑައިގަތުމުން އެއަރޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.


މިއީ ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް އެމަނިކުފާނު ރާއްޖޭގައި ހޭދަކުރައްވާނެއެވެ.


މިދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީ ވާހަކަތައް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.


ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި އެކި ދާއިރާތަކުން ގާބިލިއްޔަތުކަން އިތުރުކުރުމަށް ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ސޮއި ކުރުމަށް ނިންމާފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


މީގެކުރިން ވެސް ރާއްޖެއަށް ވަޑައިގެންފައިވާ ޑރ. ސުބްރަމާނިއަމް ޖައިޝަންކަންކަރު، މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ މަގާމަށް ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.


ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ފުރަތަމަ ދުވަސްކޮޅު، ކޮންމެވެސްވަރަކަށް ދެގައުމުގެ ގުޅުމަށް ހީނަރުކަމުގެ ކުލަވަރު ޖެހުނުނަމަވެސް މަޑުމަޑުން އެމަންޒަރު މިހާރުއަންނަނީ ބަދަލުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު