ރައީސް ޔާމީންގެ ޝަރީއަތަށް ހުރަސްއެޅި މީހުންގެ އޯޑިއޯތައް ނެރެނީ

2 months ago

އަފްރާހް

ޝަރީއަތަށް ހުރަސްއެޅި މީހުންގެ އޯޑިއޯތައް ނެރުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.


ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ލަސްކުރުމަށް މަސައްކަތްކުރެއްވީ ކޮންބައެއްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި ސަރުކާރުގެ އިސްވެރިން އެކަންކުރުމަށް ކޮށްފައިވާ މުއާމަލާތްތަކުގެ އޯޑިއޯތައް ވަރަށްއަވަހަށް ނުކުންނާނެ ކަމަށެވެ.


އެމަނިކުފާނު ވަނީ ހައިކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު މައްސަލައަށް ނުފޫޒު ފޯރުވަން ހައިކޯޓުގެ ފަނޑިޔާރެއް ރާއްޖެއިން ފުރުވާލައި، ރާއްޖެ އަޔަނުދީ ހިފެހެއްޓި ވާހަކަ ވެސް ތަކުރާރުކުރައްވާފައެވެ. އަދި އެކަން ކުރި މީހުން ވެސް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.


ޕްރޮސެކިއުޓަރުން ތިންހަތަރު އަޑުއެހުމަށް ހާޟިރު ނުވުމުން މަހެއްހާދުވަހު މައްސަލަ ކުރިއަށް ނުގެންދެވި ދިޔަކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ އެކަން ކުރި މީހުން ވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު