އިންޑިއާ އިން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކޮށްފި

2 months ago

އަފްރާހް

އިންޑިއާ އިން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކޮށްފިއެވެ.


އެގޮތުން ވަނީ އެގައުމުން ރާއްޖެގައި ކުރިއަށް ގެންދިޔަ 6 މަޝްރޫއެއްގެ ނިމުން ވަނީ ފާހަގަކޮށްފައެވެ.


މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް މިހާކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.


ނިމުން ފާހަގަކޮށްފައިވަނީ އެގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެއެވެ.


އޭގެތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާއި ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓު ހިމެނެއެވެ. އަދި ލ. އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓު ވެސް ހިމެނެއެވެ.


މީގެއިތުރުން ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓާއި ތ. ތިމަރަފުށި، ވޭމަންޑޫ އަދި ގއ. ކޮނޑޭގައި ކުރިއަށްގެންދިޔަ މަގުބައްތި ހަރުކުރުމުގެ މަޝްރޫއު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު