ތަރައްގީއާ އެއްވަރަށް ސިކުނޑިތައް ވެސް ތަރައްގީވާންޖެހޭ: އިހްސާން

2 months ago

އަފްރާހް

ގައުމަށް އަންނަމުންދާ ތަރައްގީއާ އެއްވަރަށް ސިކުނޑިތައް ވެސް ތަރައްގީވާންޖެހޭ ކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްކާ ރޯޑް ސޭފްޓީ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ ގާނޫނު ތަންފީޒުކޮށް، ކަންކަން ހައްލުކުރަން އަޅާ ފިޔަވަޅަކީ ބައެއް ހައްގު ނިގުޅައިގަތުން ކަމަށް ދެކޭ ވިސްނުން ބަދަލުވާންޖެހޭ ކަމަށެވެ. އަދި މިފަދަ މީހުންގެ ހައްގު ހޯދައިދޭން ކަމަށް ބުނެ އަޅާ ބައެއް ފިޔަވަޅުތަކުން، މުޖުތަމައުގެ ކަންކަން ގޯހުން ގޯހަށްދާތަން ފެނިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓޭނީ މުޖުތަމައުގެ ވިސްނުން މިކަމުގައި ބަދަލުކޮށްގެންކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.


މިނިސްޓަރު ވަނީ ގާނޫނުތައް ތަންފީޒުނުކޮށް ދޫކޮށްލާފައި އޮތްއިރު، އެކަމުން ފައިދާތަކެއް ލިބުނު މީހުން އުޅޭ ކަމަށާއި ނަމަވެސް ގާނޫނުތައް ތަންފީޒުކުރަން ފެށުމުން އެ ފަދަ މީހުންނަށް އުނދަގޫވެގެން އުޅޭ ކަމަށް ވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

އަހްމަދް ރަސީދު

ދިވެހީންނަކީ ސިކުޑި ހުންނަ މީހުންކަން ކޮރަޕްސަނަށް ބަލާލިއަސް އެގޭނެ

2 months ago