އިންޑިއާ އިން އައްޑު ސިޓީގައި ހިންގި ދެ މަޝްރޫއެއް ނިންމާ ހަވާލުކޮށްފި

2 months ago

އަފްރާހް

އިންޑިއާ އިން އައްޑު ސިޓީގައި ހިންގި ދެ މަޝްރޫއެއް ނިންމާ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.


ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ އެގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ ސިޓީގައި ކުރިޔަށްގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.


މި މަޝްރޫއުތައް ނިންމައި ދިވެހި ސަރުކާރާއި ހަވާލުކުރީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އައްޑު އަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. ި ރަސްމިއްޔޓު ބާއްވާފައިވަނީ އޮގަސްޓް 11 ވަނަ ދުވަހުއެވެ.


އައްޑޫ ސިޓީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ތެރެއިން 184.3 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެއީ ހިތަދޫގެ ދެ ސަރަަހައްދެއްގައި 80 ހެކްޓަރ، މަރަދޫ އަދި މަރަދޫ ފޭދޫގައި 76 ހެކްޓަރު، އައްޑޫ ޑީޓިއުރ ލިންކުގެ އެންބޭންކްމަންޓަށް ބޭނުންވާ 3.3 ހެކްޓަރެވެ. އަދި ފަތުރުވެރިކަމަށް ހާއްސަކޮށްގެން ވެސް 8.3 ހެކްޓަރ ގެ ތިން ރަށެއް ހިއްކާފައި ވެއެވެ.


ހަންކެޑެ ބްރިޖަކީ 1.463 ކިލޯމީޓަރުގެ މަގެކެވެ. އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އެ ދެ މަޝްރޫއަށް 80 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ. މިއީ 1.2 ބިލިއަން ރުފިޔާއެވެ.


އައްޑޫގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމަށް އެފްކޮންސް އާއި ހަވާލުކުރީ 2021 ފެބްރުއަރީ 21ގައެވެ. އައްޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިންހިކުމަށް އިންޑިޔާގެ ވެންއޫޑު އިންޑިޔާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ 2022 މާރިޗު 27 ގައެވެ.


ކިޔުންތެރިންގެ ހިޔާލު