ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

5 months ago

އަފްރާހް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.


މިހިނގާ މޭ މަހުގެ 13 ން 18 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި މިކަންކަމަށް ބައިވެރިން އިތުރަށް އަހުލުވެރިކުރުވުމަށް ވަނީ ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.


މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ އެ ވުޒާރާގެ ޕްރިވެންޝަން ޓީމާއި ސްޓޭޓް ކެއަރ ޓީމް އަދި 'ހާލު ކިހިނެއް؟' ޓީމެވެ.


މި ތަމްރީނު ޕްރޮގްރާމު ހިންގުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަކީ އެހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އޯގާތެރިކަމާއި، ކުލުނުވެރިކަމާއި، އެހީތެރިވުމުގެ އެދުން އެންމެ ފުރިހަމަ މާނައިގައި އޮވެ، އެކަމަށް ހެޔޮހިތުން ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރާ ބަޔަކަށްހެދުމެވެ. އަދި މި މަސައްކަތްކުރުމުގައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މުޢާމަލާތުކުރުމުގައި ބޭނުންކުރެވޭނެ އެންމެ ރިވެތި އުސޫލުތަކާއި އާދަތަކަށް މި ވުޒާރާގެ ޚިދުމަތްތެރިން އަހުލުވެރިކުރުވުމެވެ.


މި ތަމްރީނު ޕްރޮގްރާމްގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި މުޖުތަމައުގެ އެހެން ފަރާތްތަކާއި ގުޅިގެން ދިމާވާ އެކި ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެ އެންމެ ރަނގަޅު ގޮތްތަކަށްވެސް ވަނީ ބައިވެރިން އަހުލުވެރިކުރުވާފައެވެ.


މި ތަމްރީން ޕްރޮގްރާމްއަކީ ސިލްސިލާކޮށް ކުރިއަށްގެންދާނެ ޕްރޮގްރާމެއް ކަމަށް އެ ވުޒާރާ އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު