މާލޭ އާސަހަރާގެ މަސައްކަތް ނިންމުމަށް 2.7 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

5 months ago

އަފްރާހް

މާލޭ އާސަހަރާގެ މަސައްކަތް ނިންމުމަށް 2.7 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފިއެވެ.


މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.


މި މަސައްކަތުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުޙައްމަދު އައިމަންއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.


އަންހެންނާއި ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި އަންހެންނަށް ހާއްސަ ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިންގ އޭރިއާއަކާއި އެކުގައި އާސަހަރާ ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، މަރާމާތަށް އެތަން ބަންދުކުރީ ފައިބެއަހަރުގެ މޭ މަހުގައެވެ.


އެތަން ތަރައްގީކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް މަސައްކަތް ނުނިމި ދިދުލައިގެން ދިއުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލުކޮށް، ބީސިކްސް އިވެންސްޓްމަންޓަށް މިދިޔަ ޑިސެމްބަރުމަހު ހަވާޅުކުރީ 4.6 މިލިއަން ރުފިޔާއަށެވެ.


އާސަހަރާގެ މަސައްކަތުގައި މިހާރުވަނީ ކޮންސްޓްރަކްޝަންގެ ބޮޑު ބައެއް ނިމިފައެވެ.


ކިޔުންތެރިންގެ ހިޔާލު