ނަސްރު ދުވި 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ނައިބު ރައީސް އަށް ހަދިޔާކޮށްފި

2 months ago

އަފްރާހް

މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ ދުވުންތެރިޔާ، ނަޞްރު އަޙްމަދުގެ 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަށް ހަދިޔާކުރައްވައިފިއެވެ.


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސާޖަންޓް ފަސްޓް ކްލާސްގެ ވަޒީފާ އަދާކުރައްވާ ނަސްރުގެ މެޑައްޔާއި ޖަރޒީ އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.


މި ބައްދަލުކުރެއްވުމުގައި ނައިބު ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރު ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި، ނަޞްރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ. 


މީގެއިތުރުން ވެސް ނަޞްރު ބޭނުންފުޅުވާ ކަންކަން އޮޅުންފިލުއްވައި އެކަންކަމުގައި ސަރުކާރުން ދެއްވެވެން އޮތް އެއްބާރުލުމެއް ދެއްވުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.


މެރެތަންގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް 1999 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށްޓެވި ނަސްރު އަށް އެންމެ ފާހަގަކޮށްލެވޭ އަހަރަކީ، 2018 ވަނަ އަހަރެވެ. އެއީ އެ އަހަރު 13 މެރެތަންގައި ބައިވެރިވެވަޑައިގެން، އެ ހުރިހާ މެރެތަނެއް ވެސް ކަނޑައެޅިފައިވާ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ނިންމަވާލެއްވުނީ އެއަހަރުކަމަށްވާތީއެވެ. 


ނަސްރުގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2020 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހިންދުސްތާން މެރެތަނުން އެއްވަނަ މަގާމު ހޯއްދެވުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު