ރައްޔިތުންގެ ވެރިކަމެއްގެ އިހްސާސް ރައްޔިތުންނަށް މިއަދު ކުރެވިއްޖެ: ފަހުމީ

2 months ago

އަފްރާހް

ހަގީގީ ރައްޔިތުންގެ ވެރިކަމެއްގެ އިހްސާސް ރައްޔިތުންނަށް މިއަދު ކުރެވިއްޖެކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިއްސާރައާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއއިްޒު އުޅުއްވަނީ ޢަމަލީ މައިދާނުގައި ކަމަށެވެ. އަދި ރައްޔިތުންގެ ހާލު ގާތުން ބައްލަވައި، ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޓާސްކްފޯސްއެއް އުފައްދަވާފައިވާ ކަަމަށެވެ.


މީގެއުތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ބައްލަވާލައްވައި، ޢަމަލީގޮތުން ހަރަކާތްތެރިވިކަން ފާހަގަކުރެއްވިއެވެ. އަދި ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް ދެއްވާފައިވާ ޔަގީންކަމާއި އެއްގޮތަށް ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް ކައިރިން ބައްލަވައިލައްވައި އިރުޝާދު ދެއްވުމުގެ މަސައްކަތުގައި އުޅުއްވި ކަމަށް ވެސް ވިދާޅުވިއެވެ.


ފަހުމީ އިތުރަށް ވިދާޅުވީ ދައުލަތުގެ ވަޒީރުން ތިއްބެވީ ރައްޔިތުންގެ ހާލު ގާތުން ބައްލަވައި ރައީސްގެ ހަރުދަނާ އިރުޝާދުތައް ތަންފީޒުކުރެއްވުމުގެ މަސައްކަތުގައި ކަމަށެވެ. އަދި ސަރުކާރަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވީ ރައްޔިތުންނާއިއެކު، އެ ރައްޔިތުންގެ ގެތަކަށް ފެންވަނުން ކޮންޓްރޯލްކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ކަމަށެވެ.


ހަމަމިއާއެކު ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތައް އޮތީ ރައްޔިތުންގެ ޚިދުމަތުގައި އެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައިކަން ވެސް އެމްޑީ ފަހުމީ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު

ޫޫޔުޫނުސް

ޜަންގަޅުވާހަކައެއް ރައްޔިތުން ފެލާލައިފި

2 months ago