ފާއިތުވި 24 ގަޑިއިރު މާލެއަށް 89.4 މިލިމީޓަރުގެ ވާރޭ ވެހުނު

2 months ago

އަފްރާހް

ފާއިތުވި 24 ގަޑިއިރު މާލެއަށް 89.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ހާމަކުރައްވާފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އޮގަސްޓް 13 ވަނަ ދުވަހުގެ ހެނދުނު 8 ން އޮގަސްޓް 14 ވަނަ ދުވަހުގެ ހެނދުނު 8 ޖެހުމާއި ހަމައަށް އެންމެގިނައިން ވާރޭ ވެހިފައިވަނީ މާލެ، ހުޅުމާލެ، އއ. ތޮއްޑު އަދި ސ. ހިތަދޫ އަށެވެ.


އެގޮތުން މާލެއަށް 89.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުމާލެއަށް 63.4 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. އަދި ތޮއްޑުއަށް 70.6 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، އައްޑު ސިޓީ ހިތަދޫ އަށް 54.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުން ދައްކައެވެ.


މިއަދުގެ މޫސުމަށް ބަލާއިރު، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މިހާރުވެސް ރީނދޫ ސަމާލު ވަނީ ނެރެފައެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލަށް ވައި ގަދަވާނެ ކަަމަށް ލަފާކުރައްވައެވެ.


މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަްވާނެ ކަމަށް ވެސް ލަފާކުރައްވާފައި ވެއެވެ. 


ކިޔުންތެރިންގެ ހިޔާލު