ރައީސް ނަޝީދުގެ ޝައުގުވެރިކަން މިނިސްޓަރ ފައިސަލް އަށް އިނގިރޭސި ކިޔަވައިދިނުމަށް

5 months ago

އަފްރާހް

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އަށް އިނގިރޭސި ކިޔަވައިދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ވެއްޖެއެވެ.


ރައީސް ނަޝީދު މިކަން ހާމަކުރައްވާފައި މިވަނީ މިނިސްޓަރު ފައިސަލް އަށް 'ރަނގަޅަށް' އިނގިރޭސި ބަހުން ވާހަކަދައްކަން ނޭގޭކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަދަނޑިވަޅެއްގައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ މިނިސްޓަރު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ހަފްލާގައި ވެސް އިނގިރޭސި ބަހުން ވާހަކަދެއްކި ގޮތުން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ހަރަކާތްތަކުގައި މިނިސްޓަރުގެ ވާހަކަދެއްކުމުގެ ފެންވަރު ދައްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.


މި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، 'ސަންގު ޓީވީ' ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އޭނާ ހުންނެވި މަގާމުގެ ސަބަބުން ވަކި ސްޓޭންޑެއްގައި ހިފެހެއްޓުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް 6 މަސް ތެރޭ އެކަން ރަނގަޅު ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މިނިސްޓަރ ފައިސަލް މިފަދައިން ވިދާޅުވެފައިވަނިކޮށް ރައީސް ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓް "އަނެއްދިވެހިރާއްޖޭ" ގައި ވިދާޅުވީ ފައިސަލް އަށް އިނގިރޭސި ކިޔަވައިދިނުމުގެ ވަޒީފާއަށް ޝައުގުވެރިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމަށްޓަކައި ފައިސަލް ވަޑައިގަންނަވަން ޖެހޭނީ ގާނާގެ ވެރި ރަށް އަކްރާއަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު