މިއަދު ވެސް މާދަމާ މޫސުން ގޯސް

2 months ago

އަފްރާހް

ބޮޑު ތިލަދުންމަތިން ފެށިގެން ކޮޅުމަޑުލަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ނެރެފައިވާ ރީނދޫ ސަމާލުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.


މީގެއިތުރުން ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަަމަށް އެ އިދާރާ އިން ލަފާކޮށްފައި ވެއެވެ. އަދި މާލެ ސަރަހައްދަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނީ މާދަމާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. 


ކިޔުންތެރިންގެ ހިޔާލު