ރިސޯޓަކުން މޫދަށް ފޭބި ބިދޭސީއެއް ގެއްލިގެން ހޯދަނީ

5 months ago

އަފްރާހް

ރިސޯޓަކުން މޫދަށް ފޭބި ބިދޭސީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލިގެން ހޯދަނީ ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބި އެ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފެއް ކަމަށެވެ.


އެ އިދާރާ އިން ވިދާޅުވީ އުމުރުން 32 އަހަރުގެ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މޭ 19 ވަނަ ދުވަހުގެ ހަވީރު 3:54 ހާއިރު ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް 4:50 ގައި ފަށާގައި ކަަމަށް ވެސް ވިދާޅުވިއެވެ.


އޭނާ އެންމެ ފަހުން ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ކަމަށާއި އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ލަފާކުރާ ކަަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު