ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ރާއްޖޭގަ

5 months ago

އަފްރާހް

ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.


މިއީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވަޑައިގެންނެވި ވަފުދެކެވެ.


ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސައުދީގެ މި ވަފުދާ ބައްދަލުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިޕްރޮގްރާމްތަކަކީ ސަޢުދީއަށް ކުރެއްވި ދަތުރުތަކުގެތެރެއިން މަޝްވަރާކުރެވި، އެކަމުގެ ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ.


ދެގައުމުގެ މިނިސްޓްރީ ގުޅިގެން މިހާރު ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޑރ. ޝަހީމް ވިދާޅުވީ ޚަތީބުން ތަމްރީންކުރުމާއި ޢިލްމުވެރިންނާއި ދީނީ ޢިލްމު ފޯރުކޮށްދިނުމަށް ބޭނުންވާ މީހުން ތަމްރީންކުރައްވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅިގެން ޢިލްމީ، އިޖުތިމާޢީ މަޝްރޫޢުތަކެއް ކުރިއަށްގެންދެވުމަށް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


ޑރ. ޝަހީމް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކަށްވަނީ އިސްލާމީ ސައްހަަ އަޤީދާ ބަޔާންކޮށްދިނުމާއި އިސްލާމީ މެދުމިންތަކުގެ ރިވެތި އުސޫލު އަށަގެންނެވުމާއި ހަރުކަށި އުސޫލުތަކާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުންކަމަށެވެ.


މިފަދަ ޕްރޮގްރާމްތައް ޢިލްމުވެރިންނާއި، ޒުވާނުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ވެސް ކުރިއަށްގެންދިއުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު