މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްމެންޓު ހަދަން ފަށައިފި

2 months ago

އަފްރާހް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.


ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ވިދާޅުވީ އަންގާރަ ދުވަހު ކުރި ވިއްސާރާގައި މާލެ ގެތަކަށް ލިބުނު ގެއްލުމުގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރުކުރަމުންދާ ކަމަށެވެ. އަދި ރަށްތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓު ވެސް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާކަމަށް ވިދާޅުވިއެވެ.


މި އެސެސްމެންޓު ހެދުމަށް މާލޭގެ ގޭބިސީތަކަށް ޒިޔާރަތް ކުރުމަށް 11 ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި އެސެސްމަންޓް ހެދުމަށްފަހު، ސަރުކާރުން ކަނޑައަޅާފައިވާ ރިލީފް ގައިޑްލައިންގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


މި މަަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ސ. މަރަދު، ފޭދޫ، ހިތަދޫ، ގއ. ދެއްވަދޫ، ޅ. ނައިފަރު، ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ. ބާރަށާއި ދިއްދޫން ވަނީ އެންޑީއެމްއޭ އަށް ރިޕޯޓުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު