ހޯޕް އައިލެންޑުގެ މަގްސަދަކީ ކުދިން ޖަލަކަށް ލައިގެން އަދަބުދިނުމެއް ނޫން: މިނިސްޓަރު އިހްސާން

2 months ago

އަފްރާހް

ހޯޕް އައިލެންޑު ގާއިމް ކުރުމުގެ މަގްސަދަކީ ކުދިން ޖަލަކަށް ލައިގެން އަދަބުދިނުން ނޫން ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އޭގެ ބަދަލުގައި ގާނޫނުގެ ތެރެއިން ކުދިންނަށް ބޭނުންވާ ތަޢުލީމާއި އެހެނިހެން ޕްރޮގްރާމުތައް ފުރިހަމަކުރާ ޢަޚުލާގު ރަނގަޅު ދަރިންތަކެއް މުޖުތަމައަށް ނެރުމަށް އިސްކަންދެއްވާ ކަމަށެވެ.

ރާއްޖޭގައި ކުށަށް ޒިންމާވާ އުމުރު 12 އަހަރަށް ދަށް ކުރަނީވެސް ކުދިންނަށް ވީހާ އަވަހަށް ނިޒާމުގެ ތެރެއިން ޕްރޮގްރާމުތައް ހިންގައި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ރާއްޖޭގެ ކުށުގެ ވެއްޓަށް ބަލާއިރު، ކުށަށް އަރައިގަންނަ 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިން ގިނަ ވަމުންދާކަމީ ފެންނަން ހުރި ހަގީގަތެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ނިޒާމުގެ ތެރެއިން އަވަސް ހައްލުތައް ގެނައުމަކީ މުހިއްމުކަމެއްކަމަށެވެ.

ހަމަމިއާއެކު ދ. ވާނީގައި ގާއިމްކުރާ "ހޯޕް އައިލެންޑް" މަޝްރޫއުގެ މަސައްކަތް ނިމި ފުރިހަމައަށް ޚިދުމަތް ދެވެން ފެށުމުން ކުޑަކުންދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ދައުލަތުން ބަލަހައްޓަން ޖެހޭ ކުދިންގެ އަދަދު މަދުވެގެން ދާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު