ރާއްޖޭގައި ދިވެހިންނަށް ލިބެންޖެހޭ ހައްގުތަކުން ވަނީ މަހުރޫމްވެފަ: މެމްބަރު ޝަރީފް

2 months ago

އަފްރާހް

ރާއްޖޭގައި ދިވެހިންނަށް ލިބެންޖެހޭ ހައްގުތަކުން ވަނީ މަހުރޫމްވެފައި ކަމުގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.


'އަސްލު ޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކޮންމެ ދިމާލަކަށް ބަލާލިޔަސް ދިވެހިންނަށް އަމިއްލަ ގައުމުން ލިބެންޖެހޭ ހައްގުތައް ނިގުޅައިގަނެގެން މިތިބެނީ ބިދޭސީން ކަމަށެވެ. އަދި ދިވެހިންގެ ހުރިހާ ކަމެއް މަޑުމަޑުން ފުރޮޅެމުން ފުރޮޅެމުން ގޮސް ބިދޭސީންގެ އަތް މައްޗަށް އެއްކޮށް ރާއްޖޭގެ ހުރިހާ ތަންތަން ދާކަން ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ރާއްޖޭގައި ބިދޭސީންނަށް ކުރަންޖެހޭ ޚަރަދުތައް ދުވަހެއް ދުވަހެއް ގިނަވަމުންދާކަން ފާހަގަކުރައްވައި، ވިދާޅުވީ ބިދޭސީންނަށް އެ ދޮރުތައް ހުޅުވިފައި މިއޮންނަނީ (ގާނޫނީ ނިޒާމަކުން ބަންދުކުރެވިފައިވީ ނަމަވެސް) އެ ގާނޫނީ ނިޒާމު ތަންފީޒު ނުކުރެވޭތީ ކަމަށެވެ.


ގެއެއްގައި މަސައްކަތް ކުރަން ރާއްޖެ ގެންނަ މީހަކު އެހެން ގެޔަކު މަސައްކަތް ކުރާތަން ފެންނަނީ މަދުން ނޫން ކަމަށާއި މިއީވެސް ރާއްޖޭގެ އިމިގްރޭޝަނުގެ ގަވައިދުގައި ކަނޑައެޅިގެން މަނާކޮށްފައި އޮތް ކަމެއްކަން މެްބަރު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު

ޤަަސިމު

ޠިޔައިިި ވަރަށް ބޮޑު ތެދެއް މުޅި ޤައުމޤައި މިއޮތީ ބެރު ބިދެސީން

2 months ago

ވ

އެއީ ހަރާންކަންތަށް ކުރަން ހުއްދަނުކުރާތީތަ

2 months ago