ފަލަސްތީނުގެ މައްސަލަ ގުޅިފައިވަނީ މުސްލިމުންގެ އަގީދާއާ: ހުތުބާ

2 months ago

އަފްރާހް

ފަލަސްތީނުގެ މައްސަލައަކީ މުސްލިމުންގެ އަގީދާއާއި މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.


ހުތުބަގައި ބުނީ ބަޔަކު ކިތަންމެ ވަރަކަށް އޮޅުވާލަން އުލުނު ކަމުގައިވި ނަމަވެސް ފަލަސްތީނުގެ ބިމާއި، މުސްލިމުންނާއި ގުޅިފައިވާ މިންވަރު އޮޅުވާނުލެވޭނެ ކަމަށެވެ. އަދި ފަލަސްތީނަށް ވެރިވެގެންފައިވާ އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީންގެ ނިރުބަވެރި ހަމަލާތަކުގެ ޝިކާރައަކަށް ވެސް، އެތައް ހާސް ބަޔަކު މިއަދު ޝަހީދުވެގެން ގޮސްފައިވާކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.


ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި އެ ގައުމުގެ މީހުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ހަމައެކަނި އަރަބީންގެ މައްސަލައެއް ވެސް ނޫން ކަމަށް ހުތުބާގައި ބުންޏެވެ. އެކަމަކު އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއް ކަމުގައި ވަނީ ބުނެފައެވެ.


މީގެއިތުރުން މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ، އެ ބިން މިނިވަންކުރުމަށް އެންމެހައި މުސްލިމުން އެއްބައިވެ، އެކަތިގަނޑަކަށް ވާން ޖެހޭނެކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު