ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ދެވަނަ ދައުރަކަށް، ރައީސް ޑރ. މުއިއްޒުގެ ތަހުނިޔާ

2 months ago

އަފްރާހް

ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ލުއިސް ރުޑޮފް އަބިނާދަރ ކޮރޯނާ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.


އެމަނިކުފާނުގެ މެސެޖުގައި ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ދެވަނަ ފަހަރަށް އެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވުމުން އެގައުމަށް ތަރައްގީއާއި ފާގަތިކަން ހޯދައިދިނުމަށް އެމަނިކުފާނުގެ ލީޑަރޝިޕުގެ ދަށުން ކުރައްވާ މަސައްކަތްތަކަށް އެގައުމުގެ ރައްޔިތުން ކުރާ އިތުބާރު ފެނިގެންދާކަން ފާހަގަކުރައްވާފައިވެއެވެ.


މި މެސެޖުގައި ރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.


ރައީސް ޑރ. މުއިއްޒު ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން އަދި އެ ގައުމުގެ ރައްޔިތުންނަށް ސުލްހަވެރިކަމާ ކުރިއެރުން ލިބިގެންދިއުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު