ވައިބަރ ހެކްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދުން ކުރިއަށް

2 months ago

އަފްރާހް

ވައިބަރ ހެކްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދުން އަދިވެސް ކުރިއަށްދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތައް އިތުރު ވަމުންދާ ކަމަށެވެ. ހާއްސަކޮށް ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދުން ގިނަވެފައިވާކަމަށް ވިދާޅުވިއެވެ.


އެހެންވެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ނުވަތަ އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ފައިސާ ފޮނުވުމުގެ ކުރިން ކާކުކަން ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުމަށް ވެސް އެދިލައްވައެވެ.


ފުލުހުން ވަނީ އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، ލަސްނުކޮށް އެ އިދާރާ އަށް އެންގުމަށް ވެސް އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު